މިނިސްޓަރ އާދަމް ޝަރީފް އުމަރު ރާއްޖޭގެ ރަށަކަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން. ފޮޓޯ: ޓްވިޓަރ

މީހުން އެންމެ އުފަލުގައި އުޅޭ ރަށްތައް ކަނޑައަޅަން "ހެޕިނަސް އިންޑެކްސް" ތައާރަފް ކުރަނީ

މީހުން އެންމެ އުފަލުގައި އުޅޭ ރަށްތައް ކަނޑައަޅަން "ހެޕިނަސް އިންޑެކްސް" ތައާރަފް ކުރަނީ

ރާއްޖޭގައި އެންމެ އުފަލުގައި މީހުން އުޅޭ ރަށްތައް ކަނޑައެޅުމަށްޓަކައި އަންނަ އަހަރުން ފެށިގެން "ހެޕިނަސް އިންޑެކްސް" ތައާރަފް ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ލާމަރުކަޒީ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކާއި ބެހޭގޮތުން ނޫސް ވެރިންނަށް މައުލޫމާތު ދިނުމަށްޓަކައި މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޝަރީފް ވިދާޅުވީ، ތަރައްގީގައި ރާއްޖެ ކުރިއަރަމުން އަންނައިރު ރައްޔިތުންގެ އުފާވެރިކަމާއި ހިތްހަމަޖެހުމާއި ރައްޔިތުން އުންމީދު ކުރާ ގޮތާއި ކޮންމެ ރަށެއް މިއަދު އޮތް ހާލަތު ދެނެގަނެވޭނެ ގޮތެއް އޮންނަން ޖެހޭ ކަމަށެވެ.

އެގޮތަކީ "ހެޕިނަސް އިންޑެކްސް" އެއް ތައާރަފް ކުރުން ކަމަށާއި ކަަމަށްޓަކައ ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުންދާ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ގިނަ ފަރާތްތަކާ މަޝްވަރާ ކުރެވިގެން ކޮންސަލްޓޭޓިވް ޕްރޮސެސްއެއްގެ ދަށުން ވަރަށް ބޮޑަށް ހުޅުވާލެވިފައި އޮންނަ ގޮތަށް ގިނަ ފަރާތްތަކާ މަޝްވަރާ ކުރެވިގެން އެކުލަވާލެވޭ އިންޑެކްސް އެއްގެ ތެރެއިން ރަށްރަށުގެ ހާލަތު ރަނަގަޅަށް އިނގޭނެ ގޮތަކަށް ތައްޔާރު ކުރެވޭ ފްރޭމް ވޯކެއްގެ ދަށުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ފަރާތަކަށް އެވޯޑުވެސް ދެވޭ ކަހަލަ އިންތިޒާމެއްގެ ތެރެއިން މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިއަހަރު ތެރޭގައި އެމަސައްކަތް ފައިނަލް ކުރެވި އަންނަ އަހަރު އެކަން ތަފްފީޒު ކުރެވޭނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *