ޑައިމޯފިން ޓްރެފިކް ކުރި މީހަކު 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް 24 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

ޑައިމޯފިން ޓްރެފިކް ކުރި މީހަކު 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް 24 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

ޑައިމޯފިން ޓްރެފިކް ކުރި މީހަކު 100،000 ރުފިޔާއިން ޖޫރިމަނާކޮށް 24 އަހަރާއި 11 މަހާއި 13 ދުވަހުގެ މުއްދަތަަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ މ. ސެސްނާ ފަސްވަނަ ފަންގެފިލާގެ އެޕާޓްމަންޓްގައި މަސްތުވާތަކެތި ރައްކާކޮށް ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އަށެއް ޖަނަވަރީ 2019 ވަނަ ދުވަހު ގދ. ފިޔޯރީ ގަދަކޯޅީމާގެ އަހުޒަރު އަހްމަދު ހައްރުކުރުމަށްފަހު އޭނާގެ މައްޗަށްކުރި ދައުވާގެ މައްސަލައެކެވެ.

މި މައްސަލައިގައި އޭނާ ހައްޔަރުކޮށް ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އޭނާގެ ހާޒިރުގައި އެ އެޕާޓްމަންޓަށް ގޮސް އެ އެޕާޓްމަންޓް ބަލައި ފާސްކުރިއެވެ. އެ ފާސް ކުރުމުގައި އެތަނުން ފުލުހުން ވަނީ މަސްތުވާތަކެތި ހޯދައިފައެވެ. އެ މައްސަލައިގައި އަހުޒަރުގެ މައްޗަށް ދައުލަތުން ކުރީ ޑައިކޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ.

މި މައްސަލަ ބެލުމަށްފަހު ކުރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ، އެ މަައްސަލައަށް އޭނާ އިންކާރުކުރި ނަމަވެސް ހުށަހަޅާފައިވާ ހެތްކާ ގަރީނާއިން ދައްކާގޮތުގައި ޝައްކެއްނެތް މިންވަރަށް އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން ޑައިމޯފިން ޓްރެފިކް ކުުރުމުގެ ކުށުން އަޒުހަރު ކުށްވެރިވާ ކަމަށް ކަނޑައަޅައި 24 އަހަރާއި 11 މަހާއި 13 ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމް ކޮށްފައެވެ. އަދި އެ ފައިސާ 12 ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރޮޓީ (މީރާ) އަށް ދައްކަން އަންގާ ކަމަށްވެސް ހުކުމްގައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *