ހަށިވިއްކަން ބޭނުންކުރާ ޗެނަލެއް ފުލުހުން އަނެއްކާވެސް ބަންދު ކޮށްފި

ހަށިވިއްކަން ބޭނުންކުރާ ޗެނަލެއް ފުލުހުން އަނެއްކާވެސް ބަންދު ކޮށްފި

ހަށި ވިއްކުމަށާއި ތަފާތު ކުށްތަކަށް އަރައި ގަތުމަށް ބޭނުން ކުރަމުންދިޔަ ޗެނަލެއް ފުލުހުން ބަންދު ކޮށްފިއެވެ.

ފުލުހުން ބުނީ "އެމްވީ ކޯލް ގާލްސް"ގެ ނަމުގައި ހިންގަމުންދިޔަ އެ މި ޗެނަލްއަކީ ޓެލެގްރާމް ޗެނަލެއް ކަމަށެވެ. އެ ޗެނަލް ބަންދުކޮށް އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މިދިޔަ މާޗު މަހުގެ ތެރޭގައިވެސް ފުލުހުން ވަނީ ހަށިވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި ފަދަ ހުއްދަ ނޫން އެތައް ވިޔަފާރިއެއް ހިންގަމުން ދިޔަ ޓެލެގްރާމް ޗެނަލްތަކެއް ބަންދު ކޮށްފައެވެ.

ޖަޒީރާ އެޑްމިން، ޖަޒީރާ ގާލްސް، ޖަޒީރާ ސްކޭމް އެލާޓް، ޖަޒީރާ ލިންކް ހަބަރު އަދި ޖަޒީރާ އެސްކޯޓް ގެލެރީގެ ނަމުގައި ހިންގަމުންދިޔަ އެ ޗެނަލް ތަކުގެ މައްސަލައިގައި މިހާތަނަށް ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *