މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް އެމްޑީޕީ ކުރާނެ

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް އެމްޑީޕީ ކުރާނެ

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް އެމްޑީޕީ އިން ކުރާނެ ކަމަށް އެ ޕާޓީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހު ވިދާޅުވީ، މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމަށް ގައުމީ މަސައްކަތެއް ކުރީ އެމްޑީޕީ އިން ކަމަށެވެ. އެގޮތުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި މަސައްކަތްތެރިންގެ ޤާނޫނެއް ވުޖޫދު ކުރުވުމަކީ އެމްޑީޕީ އިން ފަޚުރުވެރިވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، މަސައްކަތްތެރިންގެ ހައްގު ތަކަށް ފުރިހަމަ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން މި ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ދެއްވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *