ސަމާލުވޭ، ރާއްޖެއަށް ވައިޓް އެލާޓް، ގުގުރުމާއެކު ވިއްސާރަ ކުރާނެ!

ސަމާލުވޭ، ރާއްޖެއަށް ވައިޓް އެލާޓް، ގުގުރުމާއެކު ވިއްސާރަ ކުރާނެ!

މިއަދުގެ އިރުއޮއްސި 6:00 އާއި ހަމަޔަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ އިދާރާ (މެޓް އޮފީސް) އިން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓު އޮފީހުން މިއަދު ހެނދުނު 7:00 އިން މިރޭ 12:00 އަށް ލަފާ ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހުޅަނގު ދެކުނާއި ހުޅަނގުން އުތުރުގެ އަތޮޅުގެ ރަށްތައް ފިޔަވައި ރާއްޖޭގެ އެހެން ހިސާބު ތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެއެވެ. އަދި 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ހުޅަނގު ދެކުނާއި ހުޅަނގުން އުތުރުގެ އަތޮޅުގެ ރަށް ތަކަށް މިއަދު ހެނދުނު 7:00 އިން މިރޭ 12:00 އަށް ވައިޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދު ބާރު މިނުގައެވެ.

މިއަދުގެ ހެނދުނު 7:00 އިން 02:45 އަށް ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. މެޓުން ބުނީ، ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓު އޮފީހުގެ ތަފާސް ހިސާބުތައް ދަައްކާ ގޮތުން އިއްޔެގެ ހެނދުނު 8:00 އިން މިއަދުގެ ހެނދުނު 8:00އަށް އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ބ. ގޮއިދޫ އަށެވެ. ގޮއިދޫއަށް 81.4 މިލިލީޓަރުގެ ވާރޭ ވެހިފައިވެއެވެ.

މި  ދުވަސްވަރަކީ މޫސުން ގޯސްވާނެ ދުވަސްތަކެއް ކަމަށް ލަފާ ކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތް ތަކުންވެސް ދަތުރު ކުރުމުގައި ސަމާލުވާން ކަމާބެހޭ ފަރާތް ތަކުން އިލްތިމާސްކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *