މިނިސްޓަރ ޒަމީރު ސައުދީއަރަބިއްޔާއަށް ވަޑައިގެންފި

މިނިސްޓަރ ޒަމީރު ސައުދީއަރަބިއްޔާއަށް ވަޑައިގެންފި

ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

ޚާރިޖީ ވަޒީރު ސައުދީއަށް ކުރައްވާ މި ދަތުރުފުޅަކީ އެ ޤައުމުގައި ބާއްވާ "ވޯލްޑް އިކޮނޮމިކް ފޯރަމް ސްޕެޝަލް މީޓިން އޮން ގްލޯބަލް ކޮލާބޮރޭޝަން، ގްރޯތު އެންޑް އެނަރޖީ ފޮރ ޑިވެލޮޕްމަންޓް" ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްކަމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

ޚާރިޖީ ވުޒާރާއިން ބުނީ ގައުމުތައް ގުޅިގެން މަސައްކަތް ކުރުން ވަރުގަދަ ކުރުމާއި ގުޅޭގޮތުން މި ކޮންފަރެންސްގެ ތެރެއިން ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކާއި ބައްދަލުވުން ތަކުގައި ޚާރިޖީ ވަޒީރު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ އެހެން ޤައުމު ތަކުގެ ލީޑަރުންނާއި ޚާރިޖީ ވަޒީރުންނާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ވިޔަފާރިތައް ތަމްސީލް ކުރައްވާ ފަރާތްތަކާއިވެސް ޚާރިޖީ ވަޒީރު ބައްދަލު ކުރައްވާ، މަޝްވަރާތައް ބާއްވަވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ސައުދީގައި ބާއްވާ މި ކޮންފަރެންސަކީ ވޯލްޑް އިކޮނޮމިކް ފޯރަމްއާއި ސައުދީ އަރަބިއްޔާ ގުޅިގެން ބާއްވާ ކޮންފަރެންސްއެކެވެ. މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން، އެކި ދާއިރާތައް ތަމްސީލްކުރާ 700 އެއްހާ ލީޑަރުން ބައިވެރިވާނެއެވެ. އަދި މިވަގުތު ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމާއި ގުޅޭގޮތުން މަޝްވަރާތައް ބާއްވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *