މުއިއްޒު ކަހަލަ ވެރިޔަކު ލިބޭނީ މަދު ފަހަރަކު، ކުރަންވީ ކަމަކީ މުއިއްޒު ދެއްކެވި މަގުން ހިނގުން: އަދުރޭ

މުއިއްޒު ކަހަލަ ވެރިޔަކު ލިބޭނީ މަދު ފަހަރަކު، ކުރަންވީ ކަމަކީ މުއިއްޒު ދެއްކެވި މަގުން ހިނގުން: އަދުރޭ

ރައްޔިތުން ކުރަންވީ ކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި މަގުން ހިނގުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ފޮނަދޫ ދާއިރާއަށް ވާދަކުރައްވައި އެދާރިޔާގެ ގޮނޑި ކާމިޔާބު ކުރެއްވި ރައީސް އޮފީގެ ސީނިއާރ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެރިކަން ހިންގާ ޕީއެންސީއަށް ހައްދުމަތިން ލިބުނު ކާމިޔާބު ފާހަގަ ކުރުމަށް އެ އަތޮޅު ފޮނަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން އަދުރޭ ވިދާޅުވީ، ރައީސް މުއިއްޒު ކަހަލަ ވެރިންނަކީ މަދުން ނޫނީ ގައުމު ތަކަށް ލިބޭ ބައެއް ނޫން ކަމަށެވެ. އެއީ ގާބިލް ބޭފުޅެއް ކަމަށާއި ތަޖުރިބާ ހުރި ބޭފުޅެއް ކަމަށާއި، އިޚްލާސްތެރި ނިޔަތެއް އެމަނިކުފާނުގެ އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ. އެހެން ކަމުން ރައްޔިތުން ފަސްޖެެހެންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއީ، ކުރަންވީ ކަމަކީ މުއިއްޒު ދެއްކެވި މަގުން ހިނގުން ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގައި ލިބުނު ކާމިޔާބުގެ ތެރެއިން ހައްދުންމައްޗަށް، ޚާސްކޮށް ފޮނަދުއަށް މިވަނީ ރަނުގެ ފުރުސަތެއް ލިބިފައިކަމަށް އަދުރޭ ވިދާޅުވިއެވެ. އެހެން ކަމުން މި ފުރުސަތުގެ ބޭނުން ހިފުމަށް ފޮނަދޫ ރައްޔިތުންނަށް އަދުރޭ ގޮވާލެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *