ޝާހިދުގެ ބައްޕާފުޅު އަވަހާރަ ވެއްޖެ، ކަށުނަމާދު އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

ޝާހިދުގެ ބައްޕާފުޅު އަވަހާރަ ވެއްޖެ، ކަށުނަމާދު އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

ކުރީގެ ފޮރިން މިނިސްޓަރު އަދި މިހާރުގެ އިދިކޮޅު ޕާޓީ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝައިޚް މޫސާ ޖަމީލް އަވަހާރަ ވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަބްދުﷲ ޝާހިދު ވަނީ މިއަދު ހެނދުނު އެމަނިކުފާނުގެ ބައްޕާފުޅު ޝެއިޚް މޫސާ ޖަމީލް އަވަހާރަ ވެފައިވާކަން ހާމަކުރައްވާފައެވެ. އެކަން ހާމަކުރައްވައި އަބްދުﷲ ޝާހިދު ވިދާޅުވީ އެމަނިކުފާނުގެ މުޅި ޙަޔާތުގެ އެންމެ ބޮޑު ބާރަކީ އަދި އެންމެ އިޚްލާޞްތެރި ލަފާފުޅުތަކާއި އެންމެ ރަނގަޅު ފާޑުކިއުންތެރިއަކީ ވެސް ބައްޕާފުޅު ކަމަށެވެ.
ޝައިޚް މޫސާ ޖަމީލް ދީދީގެ މޫނުފުޅު ދެއްކުން މިއަދު 11 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށް ދާނެއެވެ. ކަށުނަމާދު ކުރުން އޮންނާނީ އަސްރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ. ވަޅުފުޅުލުން އޮންނާނީ ގަލޮޅު ސަހަރާގައެވެ.
ޝައިޚް މޫސާ ޖަމީލަށް ފަސް ބޭފުޅުން ލިބިވަޑައިގަތެވެ. އޭގެތެރެއިން އެންމެ ދޮށީ ބޭފުޅަކީ މުޙައްމަދު ޝާހިދެވެ. ދެން ތިއްބަވަނީ އަބްދުﷲ ޝާހިދާއި އަހުމަދު ޝާހިދެވެ. ހަގަށް ލިބިވަޑައިގަތީ ފާތުމަތު ޝާހިދާ އާއި އާމިނަތު ޝާހިދާއެވެ. ހަނގު ދެ ބޭފުޅުން ވަނީ ޅަ އުމުރުގައި އަވަހާރަވެފައެވެ.
ޝައިޚް މޫސާ ޖަމީލްގެ ބައްޕާފުޅަކީ، އައްޝައިޚް ދަރަވަންދޫގޭ ޢަބްދުﷲ ދީދީ ނުވަތަ ޢަބްދުﷲ ކަމާލުއްދީން، ބަންޑާރަ ނާއިބު މަނިކުފާނެވެ. ދޮންބަންޑާރައިންނަކީ ޝައިހް މޫސާ ޖަމީލު ދީދީގެ ފަސް ވަނަ ކާފާފުޅެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *