މަޖިލިސް މެންބަރުން ހުވާ ކުރެއްވުން މެއި 28 ގައި ބާއްވަން ނިންމައިފި

މަޖިލިސް މެންބަރުން ހުވާ ކުރެއްވުން މެއި 28 ގައި ބާއްވަން ނިންމައިފި

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 20 ވަނަ ރައްޔިތުއްގެ މަޖިލީހަށް އިންތިހާބު ވެފައިވާ މަޖިލިސް މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ހުވާ ކުރައްވާނީ އަންނަ މެއި މަހުގެ 28 ވާ އަންގާރަ ދުވަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް އަސްލަމް ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ ވަޑައިގެންނެވި ހުރިހާ މެންބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ.
އަސްލަމް ވިދާޅުވީ އަންނަ މެއި މަހުގެ 28 ގައި މަޖިލިސް މެންބަރުން ހުވައި ކުރުމުގެ ތައްޔާރީތައް މަޖިލިސް އިދާރާއިން ކުރަމުންދާ ކަމަށެވެ.
އަސްލަމް ވިދާޅުވީ، މަޖިލިސް ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރުގައިވާގޮތުގެމަތިން މިހާރުއޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިދައުރު ހިނގާނީ މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެހެންކަމުން މަޖިލީހުން އެހެންގޮތަކަށް ކަނޑަަނާޅާހިނދަރު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ އޮންނާނީ އަންނަ މެއި މަހުގެ 13 ގައި ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އެހާތަނަށް މަޖިލީހުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *