ކަރަންޓު ދޭންވީ ޕީއެންސީއަށް ތާއީދުއޮތް ގެތަކަށް އެކަނި ކަމަށް ދެއްކި ވާހަކަ ކުށްވެރި ކޮށްފި

ކަރަންޓު ދޭންވީ ޕީއެންސީއަށް ތާއީދުއޮތް ގެތަކަށް އެކަނި ކަމަށް ދެއްކި ވާހަކަ ކުށްވެރި ކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންގެ ގޭގެއަށް އެކަނި ހއ. ދިއްދޫއިން ރަންޓު ދިނުމަށް އެ ރަށު ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދު ގޮވާލި މައްސަލަ ޕީޕީއެމް/ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުށްވެރިކޮށްފިއެވެ.

މެނޭޖަރު އަބުދުﷲ ރަޝީދު އެކަމަށް ގޮވާލާފައި ވަނީ މަޖިލިސް އިންތިޚާބުގައި ދިއްދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުލް ލަތީފް މުހައްމަދަށް ތާއީދު ހޯދުމަށް ރޭ ދިއްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަމުންނެވެ.

އޭނާ ބުނީ ކަރަންޓު ދޫކުރަންވީ ޕީއެންސީ މެންބަރުގެ ގެތަށް ބަލާފައި ވަކިވަކިން އެ ގެތަކަށް ކަމަށެވެ.

"ކަރަންޓް ދޭކަން ނަސީބެއްނު، މި ގެތައް ބަލާފައި ވަކިވަކިން ކަރަންޓް ދޫކުރަންވީ، ސީދާ ޕާޓީ މީހުންނަށް އެކަނި ކަރަންޓު ދޫކުރަންވީ އިންތިޚާބު ނިމެންދެން," އަބްދުﷲ ރަޝީދު ބުންޏެވެ.

އަބްދުﷲ ރަޝީދުގެ ވާހަކަތައް ކުށްވެރިކޮށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރޭ ދިއްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ފެނަކައިގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައި ހުންނެވި  އަބްދުﷲ ރަޝީދު "ކަރަންޓު ހަމައެކަނި ދޫކުރަންވީ ޕާޓީގެ ތަކަށް" ކަމަށް ބުނެ ދެއްކި ވާހަކަތައް ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށެވެ.

އޭނާ ދެއްކި ވާހަކަތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސިޔާސަތެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ. އަދި އެއީ އެ ޕާޓީގެ ސިޔާސަތެއްވެސް ނޫން ކަމަށާއި، ރައީސް މުއިއްޒުގެ ސިޔާސަތަކީ ވަކި ފިކުރަކަށް ނުބަލައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ސިޔާސަތެއް ކަމުގައިވެސް ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *