އިޒްކާން އާއި އޭނާގެ މަންމަ އާއި ބައްޕަ އިސްލާމިކް މިނިސްޓަރ ޑރ ޝަހީމްއާއެކު މިނިސްޓްރީގައި: ފޮޓޯ އިސްލާމިކް މިނިސްޓްރީ

ނޫރު މިސްކިތުގައި މިފަހަރު ތަރާވީޙް ކުރުން 11 އަހަރުގެ އިޒްކާންއަށް

ނޫރު މިސްކިތުގައި މިފަހަރު ތަރާވީޙް ކުރުން 11 އަހަރުގެ އިޒްކާންއަށް

ި އަހަރުގެ ރަމަޞާން މަހު، ހެންވޭރު ނޫރު މިސްކިތުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރާނީ އުމުރުން އެންމެ 11 އަހަރުވެ އިޒްކާން އަޖީބު ޙުސައިން ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ ކީރިތި ޤުރުއާން ހިތު ދަސްކޮށް ޙާފިޒް ކަމުގެ ސަނަދުވެސް ނަގާފައިވާ 11 އަހަރުގ އިޒްކާން އާއި އޭނާގެ މަންމަ އާއި ބައްޕައާ، އިސްލާމިކް މިނިސްޓަރ ޑރ. މުޙަންމަދު ޝަހީމް އަލީ ސައީދުވެސް ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

ނޫރު މިސްކިތުގައި މިފަހަރު 11 އަހަރުގެ ކުއްޖަކު އިމާމުވެ ތަރާވީޙް ނަމާދު ކުރާއިރު، ފަހަކަށް އައިސް ވަރަށް ތުއްތު އުމުރުގައި ޤުރުއާން ހިތު ދަސްކޮށްގެން ރާއްޖޭގެ ބަޔެއް ރަށްރަށުގައިވެސް ދަނީ އިމާމުވެ ތަރާވީޙް ނަމާދާއި، ފަރުޞު ނަމާދުވެސް ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *