އޭސީސީގެ ތަހުހީގުގެ ތަފްސީލު ލިބޭއިރަށް ފްލެޓްތައް ހަވާލުކުރަން ފަށާނަން: ހައިދަރު

އޭސީސީގެ ތަހުހީގުގެ ތަފްސީލު ލިބޭއިރަށް ފްލެޓްތައް ހަވާލުކުރަން ފަށާނަން: ހައިދަރު

ކުރީގެ ސަރުކާރުން ކުރިޔަށް ގެންދިޔަ ގެދޮރުވެރި ކަމުގެ މަޝްއޫރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކޮށްފައިވާ ފުލެޓު ތަކުގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ފުލެޓުތައް ހަވާލު ކުރަން ފެށޭނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދިޔަ ތަހުގީގުގެ ތަފުސީލު ހައުސިންގ މިނިސްޓްރީއާ ޙިއްސާ ކުރުމުން ކަމުގައި ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓްރީން އެކްސްގައި އާންމުކުރި ވީޑިއޯއެއްގައި ހައިދަރު ވިދާޅުވެފައި ވަނީ އޭސީސީގެ މެމްބަރުންނާއެކު، ހައުސިން މިނިސްޓްރީން ބައްދަލުވުމެއް ބާއްވާފައިވާނެ ކަމަށެވެ. އެ ބައްދަލުވުމުގައި ވަނީ ފުލެޓުގެ މައްސަލައިގައި އޭސީސީ އިން  ކުރިއަށް ގެންދިޔަ ތަހުގީގުގެ ތަފުސީލުތައް ދިނުމަށް އެދިފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ތަހުގީގު ރިޕޯޓުގެ ތަފުސީލު، އެ ހައުސިން މިނިސްޓްރީއާ ހިއްސާކުރާނެ ކަމަށް އޭސީސީ އިން، އެ ބައްދަލުވުމުގައި ބުނެފައިވާ ކަމަށް ހައިދަރު ވިދާޅުވިއެވެ.

އޭސީސީ އިން ކުރިޔަށް ގެންދިޔަ ތަހުގީގަށް ފަހު، އެ ކޮމިޝަނުން މީޑިޔާގައި ބުނެފައި ވަނީ ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ނެތް ފޯމު ތަކުގެ ނިސްބަތަކީ އެންމެ 20.7 ޕަސެންޓް ކަމަށެވެ. އަދި ޝަރުތު ފުރިހަމަވީީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 ޕަސެންޓެވެ. އެއީ ގާތްގަނޑަށް އެންމެ 1،600 ފްލެޓެވެ. އެ ކޮމިޝަނުން ބުނެފައި ވަނީ 59.6 ޕަސެންޓް ފޯމު ޝަރުތު ހަމަނުވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 2،400 ފުލެޓެވެ.

އޭސީސީގެ ތަހުގީގަށް ފަހުވެސް، ފްލެޓް ލިބުނު މީހުންގެ ކުރީގެ ލިސްޓުގައިވާ މީހުންނާއި އެނޫން ބަޔެއް މީހުންވެސް ވަނީ އޭސީސީއަށް ގޮސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *