ކޮފީއަކީ މިހާރު ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް މަގްބޫލުކަން ހޯދާފައިވާ ބުއިމެކެވެ. ހުރިހާ އުމުރެއްގެ މީހުންގެ މެދުގައިވެސް ކޮފީއަކީ މަގްބޫލު އެއްޗެކެވެ. ޚާއްސަ ގޮތެއްގައި ޒުވާނުންގެ މެދުގައި ބޮޑެވެ.
ދިރާސާ ތަކުން ދައްކާ ގޮތުގައި ޒުވާނުންގެ މެދުގައި އެންމެ މަގްބޫލީ ކަޅު ކޮފީއެވެ. ލަވާޒާ ނުވަތަ ނެސްކެފޭ ނުވަތަ އެހެން ބާވަތްތައް ކަމުގައި ވިޔަސް ކަޅު ކޮފީގެ ބުއިން ތަކަކީ ޒުވާނުންގެ މެދުގައި މާބޮޑު މަގުބޫލު ބާވަތެކެވެ. ކޮފީ ބުއިމަކީ ބިޒީކޮށް މަސައްކަތް ކުރުމުގައި ލިބޭ ވަރުބަލިކަމާއި ހާސްކަން ހިސާބަކަށް ފިލުވާލާ އެއްޗެކެވެ.
ކޮފީގެ މަގްބޫލުކަން އެހެން ހުރިހާ ބުއިންތަކަށްވުރެ ކުރިއަށް ޖެހިލިއިރު، ފަހަކަށް އައިސް އަންހެން ކުދިންގެ މެދުގައިވެސް ތަފާތު ކޮފީގެ ބާވަތްތައް ދަނީ މަގްބޫލު ވަމުންނެވެ.
ކޮފީއާއިބެހޭ ދިރާސާ ލިޔުމެއް ފަހުން ޝާއިއު ކުރާނެ ވާހަކަ ދަންނަވަމެވެ.




