ސްރީލަންކާގައި ހަރަކާތްތެރި ވަމުން ސިޔާސީ ޕާޓީއެއްގެ ލީޑަރަށް ބަޑިން ހަމަލާދީ މަރާލައިފިއެވެ.
ލަންކާގެ މީޑިޔާ ތަކުން ބުނެފައިވާ ގޮތުގައި ބަޑި ބޭނުން ކޮށްގެން އަވަހާރަ ކޮށްލާފައިވާ ލީޑަރަކީ އަވަ ޕަވަ އޮފް ޕީޕަލް ޕާޓީ ގެ ލީޑަރ ސަމަން ޕެޕޭރާއެވެ. މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުން ހަމަލާދިން މީހުން އައީ ޓްރަކެއްގައެވެ.
އެމީހުން ބަޑިން ހަމަލާދިނީ ވެރިރަށް ކޮލަމްބޯއާ 200 މީޓަރު ދުރުގައި އޮންނަ ބެލިއާޓާ ސަހަރުގައި ހުންނަ ރެސްޓޯރެންޓެއް ކައިރިއަށް ސަމަން އިންނެވި ވެހިކަލް މަޑުކުރި ވަގުތުގައެވެ.
މި ހަމަލާގައި ސަމަންގެ އިތުރު ހަތަރު މީހަކަށްވެސް ބަޑީގެ ހަމަލާ އަމާޒު ވެގެންދިޔަ ކަމަށްވެއެވެ. ލަންކާގެ ފުލުހުން ބުނީ މިއީ ކޮން ސަބަބަކާއިހުރެ ދިން ހަމަލާއެއްކަން އަދި މުޅިން ސާފުނުވާ ކަމަށެވެ. ނަމަވެސް ސަމަން ޕެރޭރާއާއި އެ ގައުމުގެ ގޭންގަކާ މައްސަލަ ޖެހިގެން އުޅޭ ކަމުގެ އަޑުތަކެއް މީގެކުރިން ވަނީ އަރާފައެވެ. އެހެންކަމުން ބަޔެއް މީހުން ތުހުމަތު ކުރަނީ މިއީ އެކަމާ ގުޅުން އޮތް ކަމަކަށް ވެދާނެ ކަމަށެވެ.