ބަރަހަނާ ފިލްމު ކުޅޭ މީހަކަށް ފައިސާ ދިން ކަމުގެ ތުހުމަތުގައި ޓްރަމްޕްގެ މައްޗަށް ދައުވާ ކޮށްފި

ބަރަހަނާ ފިލްމު ކުޅޭ މީހަކަށް ފައިސާ ދިން ކަމުގެ ތުހުމަތުގައި ޓްރަމްޕްގެ މައްޗަށް ދައުވާ ކޮށްފި

ޕޯން ސްޓާރަކާ (ބަރަހަނާ ފިލް ކުޅޭ މީހަކާ)އެކު ހިންގި ގުޅުން ސިއްރުކުރުމަށް އޭނާއަށް ފައިސާ ދިންކަމުގެ ތުހުމަތުގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޓް ޓަރަމްޕްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ވިޔަފާރީގެ މުއާމަލާތްތައް އޮޅުވާލާފައިވާކަމުގެ ތުހުމަތުގައި 30 މައްސަައެއް ޓްރަމްޕްގެ މައްޗަށް ކޮށްފައިވާ ދައުވާގައި ހިމަނާފައި ވެއެވެ.

ޕޯން ސްޓާރެއް ކަމުގައިވާ ޑެނިއަލްސް ބުނެފައިވާ ގޮތުގައި، ޓްރަމްޕްއާއި އޭނާއާއި ދެމެދު ހިންގާފައިވާ ގުޅުމެއްގެ ވާހަކަތައް ސިއްރު ކުރުމަށް ޝަރުތުކޮށް، 2016ގެ ރިޔާސީ އިންތިޚާބުގެ ކުރިން، ޓްރަމްޕްގެ ކުރީގެ ގާނޫނީ ވަކީލެއް ކަމުގައިވާ މައިކަލް ކޯހެން މެދުވެރިކޮށް އޭނާއަށް 130,000 އެމެރިކާ ޑޮލަރު ދީފައިވާކަމުގައެވެ. ގާނޫނީ ވަކީލެއް ކަމުގައިވާ މައިކަލް ކޯހެންއަކީ މިހާރު ޓްރަމްޕްއާއި ދެކޮޅު ފަރާތެކެވެ.

ޕޯން ސްޓާރ ޑެނިއަލްސްއަށް ޓަރަމްޕް ފައިސާ ދިނުމަކީ އޭގެ ޒާތުގައި މައްސަލައަކަށް ނުވި ނަމަވެސް، އެ ފައިސާގެ މުއާމަލާތަކީ ގާނޫނާ ޚިލާފް މުއާމަލާތަކަށް ވަނީ، ޑެނިއަލްސްއާއެކު ހިންގި މުއާމަލާތް ސިއްރުކުރުމަށް ޓަރަމްޕް އޭނާއަށް ދިން ފައިސާއަކީ ވިޔަފާރީގެ މުއާމަލާތެއްގެ ގޮތުގައި ރެކޯޑްތަކުން ދައްކާތީއެވެ.

ނިއުޔޯކުގެ ގާނޫނުތައް ބުނާ ގޮތުން، ވިޔަފާރީގެ މުއާމަލާތްތައް އޮޅުވާލުމަކީ ގާނޫނީ ކުށެކެވެ.

ޓްރަމްޕްގެ މައްޗަށް ދައުވާކުރުމުން، މިހާރު ބެލެވޭގޮތުގައި ވަރަށް އަވަހަށް އޭނާ ހައްޔަރު ކުރާނެއެވެ. ބެލެވޭގޮތުގައި މިހަފްތާގެ އަންގާރަ ދުވަހު ޓްރަމްޕް ކޯޓަށް ހާޒިރު ކުރެވޭނެއެވެ. އަދި ނިއުޔޯކުގެ މުވައްސަސަތަކަށް ޓްރަމްޕް އެއްބާރުލުން ދެއްވާނޭކަމަށްވެސް އޭނާގެ އޮފިޝަލުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

އެމެރިކާގެ މެންހަޓަންގެ ގްރޭންޑް ޖޫރީ، ޓަރަމްޕްގެ މައްޗަށް ދައުވާ އުފުލުމަށް ނިންމުމާއި ގުޅިގެން ޓްރަމްޕްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ "ސިޔާސީ ދައުވާއެއް" ކަމަށާއި، އަދި މިއީ "އެމެރިކާގެ ތާރީޚުގައިވެސް، އެންމެ މަތީ ދަރަޖައަކަށް އިންތިޚާބުގެ ތެރެއަށް އަތް ބޭނުމަށް ކުރެވެމުންދާ މަސައްކަތް" ކަމުގައެވެ.

ފާއިތުވި 5 އަހަރު ނިއުޔޯކުގެ ޕްރޮސެކިއުޓަރުންވަނީ، 2016ގެ ރިޔާސީ އިންތިޚާބުގެ ކުރިން ޓްރަމްޕްގެ ފަރާތުން، ކުރީގެ ޕޯން ސްޓާރެއް ކަމުގައިވާ ޑެނިއަލްސްއަށް ފައިސާ ދީފައިވާކަމަށް ބުނާ މައްސަލަ ތަހުގީގު ކޮށްފައެވެ.

ޓްރަމްވަނީ ޑެނިއަލްސްއާއެކު ޖިންސީ އެއްވެސް ގުޅުމެއް ހިންގާފައިވާ ކަމަށް އިންކާރު ކުރައްވާފައެވެ. އަދި ވިދާޅުވެފައިވަނީ އެއީ ސިޔާސީ މަންފާއަކަށް ދައްކަމުންދާ ވާހަކައެއް ކަމުގައެވެ.

ޕޯން ސްޓާރަކަށް ޓްރަމްޕް ފައިސާ ދީފައިވާ މައްސަލައަކީ، އުމުރުން މިހާރު 76 އަހަރުގެ ޓްރަމްޕްއާއި ގުޅޭގޮތުން ތަހުގީގު ކުރެވެމުންދާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ އެއް މައްސަލައެވެ. މިއިން އެއްވެސް މައްސަލައެއްގައި އަދި މިހާތަނަށް އައިއިރު ޓަރްމްޕްގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެއެވެ.

ޓްރަމްޕްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު އޭނާ މިހާރު ގެންދަވަނީ އަންނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރައްވަމުންނެވެ.

ޓަރަމްޕް ވެގެން ގޮސްފައިވަނީ، ޖިނާއީ މައްސަލައެއްގައި ދައުވާ އުފުލި އެމެރިކާގެ ފުރަތަމަ ރައީސް ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *