އާއިލީ ކައިވެންޏަށް ސުޝްމީތާ ދިއައީ ކުރީގެ ލޯބިވެރިއާ އާއި އެކުގައި

އާއިލީ ކައިވެންޏަށް ސުޝްމީތާ ދިއައީ ކުރީގެ ލޯބިވެރިއާ އާއި އެކުގައި

ބަތަލާ ސުޝްމީތާ ސެންއާއި އޭނާގެ ޒުވާން ލޯބިވެރިޔާ ރޯމަން ޝޯލްގެ ލޯބީގެ ގުޅުން ނިމުކަމަށް އައިސްފައިވާކަމަށް މީގެ އަހަރެއްހައި ދުވަސްކުރިން ވަނި މީޑިއާއިން ރިޕޯޓް ކޮށްފައިއެވެ.

ނަމަވެސް ދެމީހުން ރުޅިވީ ކޮންސަބަބާއި ހުރެ ކަމެއް ހާމަކޮށްފައިއެއް ނުވެއެވެ. އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެގުޅުން ފެށުނީވެސް ރަހުމަތްތެރި ކަމުން ކަމަށާއި، ލޯބީގެ ގުޅުން ކެނޑުނަސް ރަހުމަތްތެރިންގެ ގޮތުގައި ތިބޭނެ ކަމަށެވެ. އިތުރު އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެއެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

އެގުޅުން ނިމުކަކަށް އައިސް މާގިނަ ދުވަހެއް ނުވެ ސުޝްމީތާ ގެ ހަޔާތަށް އައު ލޯބިވެރިއަކު އައެވެ. ނަމަވެސް އޭރުވެސް ރޯމަން ހުރީ ހުސްހަށިބަޔަށެވެ. ސުޝްމީތާގެ ހަޔާތަށް އައީ  ވިޔަފާރީ ވެރިޔާ ލަލިތް މޯދީއެވެ. ގައިގޯޅި ފޮޓޯތަކަކާއި އެކުގައި ލަލިތު އެގުޅުން އިއުލާން ކުރިތާ މަހެއްހައި ދުވަސް ފަހުން އެގުޅުން ވަނީ ނިމުކަށް އައިސްފައިއެވެ.

އެކަން ލަލިތު އިއުލާން ކުރުމުން ސުޝްމިތާ ބުނެފައިވަނީ ލަލިތާ ލޯބިގެ ގޮތުން ގުޅިގެން އުޅޭ ކަމަށާއި، މިހާރު ހުރީ ވަރަށް އުފަލުން ކަމަށާއި، މިއީ އަނެއްކައިވެސް އައު ފެށުމެއް ކަމަށް ސުޝްމިތާ ވަނީ ބުނެފައިއެވެ.

އޭގެ އަހަރެއްހައި ސުވަސް ފަހުން އަނެއްކައިވެސް ސުޝްމީތާ ފެނިގެން ދިއައީ އޭނާ އަށް ވުރެ 15 އަހަރު ހަގު ޒުވާން ލޯބިވެރިއާ އާއި އެކުގައިއެވެ. އެމީހުން ފެނިގެ ްގޮސްފައިވަނީ ސުޝްމީތާގެ އާއިލީ ކައިވެންޏަކުންނެވެ. އެހެންކަމުން މިހާރު އުފެދޭ ސުވާލަކީ އެދެމެދު ގެ ރަހުމަތްތެރި ކަމުގެ ސްޓޭޓަސް ބަދަލުވީތޯއެވެ.؟

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *