ރައީސް ނަޝީދުގެ ފޯނު ޖަހައިގެންފި

ރައީސް ނަޝީދުގެ ފޯނު ޖަހައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފޯނު ޖަހައިގެންފިއެވެ.

ޗުއްޓީގައި މިހާރު އިނގިރޭސި ވިލާތުގައި ހުންނެވި ރައީސް ނަޝީދުގެ ފޯނު ޖަހައިގެންފައިވަނީ އެމަނިކުފާނު ދަރިކަލުންނާއިއެކު އިނގިރޭސި ވިލާތުގެ ރެސްޓޯރެންޓެއްގައި ފަރީކުޅުއްވަން އިންނަވަނިކޮށެވެ. ރައީސް ނަޝީދުގެ އަތުގައި ފޯނު އޮއްވައި ރެސްޓޯރެންޓަކަށް ވަތްމީހަކު ކުއްލިއަކަށް ފޯނު ޖަހައިގެން ގޮސްފައިވާކަމަށް މައުލޫމާތު ލިބިއެވެ.

މިކަމާއި ގުޅިގެން މަޖިލިސް ނައިބް ރައީސް އީވާ ވަނީ މިކަން މަޖިލީހުގެ މެމްބަރުންނާއި، މަޖިލީހުގެ އިދާރީ ބޭފުޅުންގެ ސަމާލުކަމަށް ގެނެސްފައެވެ.

އެމަނިކުފާނުގެ ފޯނު ޖަހައިގަނެގެން ގެންގޮސްފައިވާ ކަމަށް އީވާ މަޖިލީސް ގްރޫޕްގައި ވިދާޅުވުމުން މަޖިލީސްގެ ކައުންސިލަރ ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ އެމަނިކުފާނު މަޖިލީސް ވަޓްސްއެޕް ގްރޫޕުން ރިމޫވް ކޮށްފައެވެ.

ނަޝީދުގެ ފޯނު ޖަހައިގަނެގެން ގެންގޮސްފައި މި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާ ޒިނޭ ކުރާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް އެބަ އޮތް ކަމަށް ނަޝީދު ވިދާޅުވިތާ ހަތަރު ވަރަކަށް ދުވަސް ފަހުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *