ޕެޓިޝަނާއި ގުޅިގެން ނަރުހުންނަށް ފިޔަވަޅު އަޅާފައެއް ނުވާނެ: އައިޖީއެމްއެޗް

ޕެޓިޝަނާއި ގުޅިގެން ނަރުހުންނަށް ފިޔަވަޅު އަޅާފައެއް ނުވާނެ: އައިޖީއެމްއެޗް

އައި.ޖީ.އެމް.އެޗްގެ ނަރުހުން އެކި ޑިޕާޓްމަންޓްތަކަށް ބަދަލުކުރުމަށް ނިންމާފައިވާ ނިންމުމަކީ، އެ ހޮސްޕިޓަލުގެ އިމަރޖެންސީ ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ނަރުހުން ހުށަހަޅާފައިވާ ޕެޓިޝަނާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫންކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލުގެ އީއާރުގައި މަސައްކަތްކުރާ ނަރުހުންތަކެއް ސޮއިކޮށް، ހޮސްޕިޓަލުގެ މެނޭޖުމެންޓަށް މީގެ ދުވަސްތަކެއް ކުރިން ވަނީ ސަލާމް ނުބުނެވޭ މައްސަލަަ އާއި ބަލިވެ އުޅެނިކޮށްް ވެސް މަސައްކަތަށް ނެރުމަށް މަޖުބޫރު ކުރުވުމާއި އިހުމާލުތަކެއްގެ މައްސަލަތަ ފެންމަތިކޮށް ޕެޓިޝަނެއް ހުށަހަޅައިފައެވެ.

އައި.ޖީ.އެމް.އެޗްއިން ބުނީ ޕެޓިޝަންގައި ސޮއިކުރި ނަރުހުން އެކި ޑިޕާޓްމަންޓްތަކަށް ބަދަލުކުރަން ނިންމާފައިވާކަމަށް ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއްކަމަށެވެ.

އައިޖީއެމްއެޗުން ބުނީ ނަރުހުންގެ ޕެޓިޝަނާއި ގުޅިގެން ދިވެހި ސިވިލް ސަރވިސް ޤަވާއިދުގައިވާ ފަދައިން އެމައްސަލަ ތަހުގީގުކޮށް، ފުރިހަމަކުރަންޖެހޭ އިޖްރާތްތައް ފުރިހަމަ ކުރަމުންދާކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *