ސްވިޒަލެންޑާއި ސްކޮޓްލޭންޑް މެޗު އެއްވަރު ވެއްޖެ

ސްވިޒަލެންޑާއި ސްކޮޓްލޭންޑް މެޗު އެއްވަރު ވެއްޖެ

ފޯރިގަދަ ކުޅުމަކަށްފަހު ސްކޮޓްލޭންޑް އާއި ސްވިޒަލޭންޑް އެއްވަރުވެއްޖެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްކޮޓްލޭންޑް އަދި ސްވިޒަލޭންޑް ވާދަކުރި މެޗު 1-1 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރުވެއްޖެއެވެ.

ގްރޫޕް އޭގައި ހިމެނޭ މި ދެ ޓީމުގެ ތެރެއިން ސްވިޒަލޭންޑް އޮތީ ހަތަރު ޕޮއިންޓާއެކުގައި ގްރޫޕްގެ ދެވަނައިގައެވެ. ސްކޮޓްލޭންޑް އޮތީ އެއް ޕޮއިންޓާއެކުގައި ތިން ވަނައިގައެވެ. ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކުގައި ގްރޫޕްގެ އެއްވަނައިގައި ޖަރުމަނު އޮތް އިރު، ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ހަންގޭރީއެވެ.

މި ނަތީޖާއާ އެކުގައި ޖަރުމަނު ދެވަނަ ބުރަށް ކޮލިފައިވި އިރު، ސްވިޒަލެންޑާއި ސްކޮޓްލެންޑަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަަތަމަ ގޯލު ޖަހާ ކުރި ހޯދާފައިވަނީ ސްކޮޓްލޭންޑުންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ވަރުގަދަ ކުޅުމަކާއި އެކު ކުރިއަށް ދިޔަަ މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްވިޒަލޭންޑުން ވަނީ ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. ފޯރިގަދަ މި މެޗުގެ ފަހު ވަގުތާ ޖެހެންދެންވެސް ދެ ޓީމުންވެސް ގޯލެއް ކާމިޔާބުކުރެވޭތީ ވަރަށް މަސައްކަތް ކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *