އުރީދޫގެ އެމްބެސެޑަރަކަށް އަނެއްކާވެސް މާޒިޔާ ހަމަޖައްސައިފި

އުރީދޫގެ އެމްބެސެޑަރަކަށް އަނެއްކާވެސް މާޒިޔާ ހަމަޖައްސައިފި

އުރީދޫގެ އެމްބެސެޑަރަކަށް އަނެއްކާވެސް މާޒިޔާ ސްޕޯޓްސް ކްލަބް ހަމަޖައްސައިފިއެވެ.

އުރީދޫ އާއި އެކު ކުރިއަށްގެންދާ މި ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށާއި ޕްރޮފެޝަނަލް ކުޅުންތެރިންނަށްވުމަށް އެދޭ ޒުވާނުންނަށް އާ ފުރުސަތުތަކެއް ހޯދައިދިނުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ފުޓްބޯލް އެކަޑަމީ ގުޅިގެން މަސައްކަތް ކުރާނެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ކުޅުންތެރިންނަށް ޕްރޮފެޝަނަލް ކުޅުންތެރިންގެ އިތުރުން ޒުވާނުންގެ އެންގޭޖްމަންޓް ޕްރޮގްރާމްތަކުގެ ހުނަރު ބިނާކުރުމަށް މަގުފަހިކޮށް ދިނުމުގައި އުރީދޫ ވަނީ ގިނަ ކަންތައްތަކެއް ކޮށްފައެވެ.

އެ ގޮތުން ރާއްޖޭގައި ބޭއްވުނު ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމީ ފުޓްބޯޅަ ޓީމުތައް ވާދަކުރާ އެންމެ ވަރުގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގެ 13 ވަނަ އެޑިޝަންގެ ފަހުރުވެރި ޓައިޓަލް ސްޕޮންސަރަކީވެސް އުރީދޫ މޯލްޑިވްސްއެވެ.

ޓައިޓަލް ސްޕޮންސާގެ ހައިސިއްޔަތުން އުރީދޫއިން ވަނީ 2021 ވަނަ އަހަރުގެ އެންމެ ކުލަގަދަ އަދި އެންމެ ފޯރިގަދަ މި އިވެންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީ އިތުރަށް ފޯރިގަދަ ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *