މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އެމްޑީޕީއަށް ލިބޭތަން ފެނޭ: އިބޫ

މިއަދު ވޯޓުލުން ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އިދިކޮޅު އެމްޑީޕީއަށް ލިބޭތަން ފެންނަމުންދާ ކަމަށް އެޕާޓީގެ އިސް އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ވޯޓު  ލެއްވުމަށް ފަހު ނޫސްވެރިން ދެންނެވި ސުވާލު ތަކަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވީ، ޚާއްސަކޮށް ބޮޑެތި ސިޓީ ތަކުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ލިބޭތަން ފެންނަމުންދާ ކަމަށެވެ.  އަދި ވީ އެންމެ އަވަހަކަށް ވޯޓުލާން ނިކުމެ ވީހާވެސް ގިނަ ބަޔަކު ވޯޓު ލުމުގެ ހައްގު އަދާ ކުރެއްވުމަށް އިބޫ ވަނީ އިލްތިމާސް ކުރައްވައިފައެވެ. އިބޫ ވިދާޅުވީ އެއީ ގައުމުގެ މަސްލަހަތައްޓަކައި، އަދި ގައުމުގެ ކުރިއެރުމަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ.

"އިލްތިމާސަކީ ވީހާވެސް ގިނަ ބަޔަކު ނިކުމެ ވީހާވެސް އަވަހަކަށް ވޯޓުލެއްވުން މިއީ ޤާނޫނީ ގޮތުން ލިބިފައިވާ ވަރަށްބޮޑު ހައްގެއް، އެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ކޮންމެ ރައްޔިތަކު ބޭނުން ކުރުމަކީ ގައުމުގެ މަސްލަހަތައްޓަކައި، ގައުމުގެ ކުރިއެރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް،" އިބޫ ވިދާޅުވިއެވެ.

އެމަނިކުފާނު ވޯޓު ލެއްވީ ޖަމާލުއްދީން ސްލޫލްގައި ބަހައްޓާފައި ހުރި ހިންނަވަރު ދާއިރާގެ ވޯޓު ފޮއްޓަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *